ނޭފަތުން ލޭއައުން
ނޭފަތުން ލޭއައުން(އިނގިރޭސި ބަހުން: Nose Bleeding) ، ނޭފަތު އެތެރެހިކުން، ނޭފަތް ބެދުން، ފަދަ އުދަގޫތައް ކުރިމަތިވަނީ ނޭފަތާއި، އަނގަޔާއި، އަދި ކަރުގައިވާ ޓިޝޫތަކަށް ހޯރމޯންގެ އަސަރު ކުރުމާއި، ވިދިގެންނެވެ. ލޭއަންނަގޮތް މެދުވެރިވަނީ ހޯރމޯންގެ ސަބަބުން ނޭފަތުގެ އެތެރޭގައިވާ ލޭހޮޅިތައް ފުޅާވުމުންނެވެ.މިއީ އެހާ ސީރިއަސް މައްސަލަތަކެއް ނޫނެވެ. މިފަދަކަންކަން ބައެއްފަހަރު ފާހަގަނުވެވެސް ހިގައިދާނެއެވެ.
ޓިޝޫ ނުވަތަ ރުމާ ފަދަ އެއްޗަކުން ނޭފަތް ފޮޅާލާއިރު ލޭއައުމަކީ އެކަށީގެންވާކަމެކެވެ. މިގޮތަށް ދިމާވެއްޖެނަމަ ޝަހާދަތް އިގިލި އާއި ބޮޑުވައި އިގިލި އިން ނޭފަތުގެ ދެފަރާތުގައި ހިފަހައްޓާ ބާރަށް ފިއްތާލާށެވެ. އިރުކޮޅަކު މިގޮތަށް ހުރުމުން ލޭއައުން ހުއްޓެއެވެ. ނަމަވެސް މިބީދައިން އަމަލުކުރުމަށްފަހު ވެސް ލޭއައުން ނުހުއްޓޭނަމަ ޑޮކްޓަރަކަށް ދެއްކުމަކީ އެދެވިގެންވާކަމެކެވެ.
މާބަނޑު ދުވަސްވަރު ނޭފަތުއެތެރެ ފުރި ބެދޭގޮތްވުމަކީ ދިމާވެދާނެކަމެކެވެ. ގިނައިން ފެންބުއިމާއި، ނިދާކޮޓަރީގައި ހިއުމިޑިފަޔރއެއް ބެހެއްޓުން، މިފަދަކަންކަމުން ސަލާމަތްވުމަށް އެހީއަކަށް ވާނެއެވެ. ނޭފަތުގެ ހިދުރީގެ އެތެރޭ ކައިރީގައި ޕެޓްރޯލިއަމްޖެލް ފަދަ ތެޔޮކޮށްދޭ އެއްޗެއް އުގުޅުމަކީ ވެސް ރަގަޅުކަމެކެވެ. މިއިންކަމަށް ބޭހެއް ބޭނުން ކުރަން ފެށުމުގެ ކުރިން ޑޮކްޓަރަކާއި މަޝްވަރާކުރުން ރަގަޅެވެ.